Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މާލޭގައި ބަނގުރާ ކައްކަމުން ދިޔަ ގެއެއްގެ ދޮރު ވައްޓާލައި ފުލުހުން އެ ގެއަށް ވަދެއްޖެ

މާލޭގައި ބަނގުރާ ކައްކަމުން ދިޔަ ގެއެއްގެ ދޮރު ވައްޓާލައި ފުލުހުން އެ ގެއަށް ވަދެއްޖެ

މާލޭގައި ބަނގުރާ ކައްކަމުން ދިޔަ ގެއަކަށް ފުލުހުން ވަދެއްޖެއެވެ.

ފުލުހުން ބުނީ މާލޭ ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާތީ ހެނދުނު 6:12 ގައި ރިޕޯޓުކުރި ކަމަށެވެ.

އެ ގޮތުން އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށް އެ ގެއަށް ވަދެފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނީ އެ ގެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދިއުމުން ކަމަށާއި, ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނު އެ ގެއިން ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް