ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ.އިވަންދޫއަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަވާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނިކުމެފައެވެ.
މީގެ އިތުރުން ރަށުގެ ބަނދަރު މަތިވަނީ ފިޔާތޮށި ކުލައިގެ ފޮއްޗާއި، ބެނާތަކުން ޖަރީކޮށްފައެވެ. މިރޭ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އިހަވަންދޫގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވާނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރައްވާ ދެވަނަ ދަތުރުފުޅުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުން ހިމެނެއެވެ.
ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ކެލާ, ބާރަށް, ދިއްދޫ, އިހަވަންދޫ އަދި ތުރާކުނަށެވެ.
ރައީސްޔާމީނު އެންްެމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާކަން .މިފެންނަނީ.
މާލޭގެ ކިބުރުރުވެރި ބޭފުޅުން ރާއްޖެތެރޭ ނިކަމެތި އާލާތުން ގުނބޯހައްދާފައި…