Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މަސްވެރިޔާގެ ޝުޢޫރުތައް ބަންޑުކޮށްލައިފި: ''މި ސަރުކާރުން މަސްވެރިން ވެއްދީ ކަށިކުނބުރު ޖަންގައްޔަކަށް''

މަސްވެރިޔާގެ ޝުޢޫރުތައް ބަންޑުކޮށްލައިފި: ''މި ސަރުކާރުން މަސްވެރިން ވެއްދީ ކަށިކުނބުރު ޖަންގައްޔަކަށް''

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަސްވެރިންނަށް ދެއްވި އަނިޔާ ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެކަމަށް އިހަވަންދޫގެ މަސްވެރިއެއް ކަމަށްވާ މުޙައްމަދު ސަޢީދު ބުނެފިއެވެ.

ޕީޕީއެމްއިން މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި މަސްވެރިއެއްގެ ހައިިިސިއްޔަތުން ވާހަކަ ދައްކަމުން ސަޢީދު ބުނީ
އިބްރާހިމް މުޙައްމަދު ޞާލިޙަށް އިހަވަންދޫން %81 ދީގެން ހޮވީ މަސްވެރިންނަށް އެތަކެއް ވަޢުދުތަކެއް ވެވަޑައިގަތުމުން ކަމަށެވެ.

''އިބްރާހިމް މުޙައްމަދު ޞާލިޙް ޖަޒީރާ ރާއްޖޭގައި އިހަވަންދުއަށް އައިސް ޖަޒީރާ ދޮރުން ވަދެ އަޅުގަނޑުމެން މަސްވެރިން ކުރިމަތީގައި ވަޢުދުތަކެއްވެ އަޅުގަނޑުމެން ލޮލުގައި ހިތި އަދުނެއް އެޅުވި. އެ ހިތި އަނދުން އަޅާ އަޅުގަނޑުމެން ލޮލަށް ފެނުނު ތަންތަން ނުފެންނަކަމަށް ހަދައި އިބްރާހިމް މުޙައްމަދު ޞާލިޙަށް މި އިހަވަންދޫން %81 ދީގެން ހޮވީ އަޅުގަނޑުމެންގެ ޖީބަށް ޑޮލަރު ވައްދަން. މިއަދު މި ޖީބުގަ ފޫގޮސްފައި ހުރީ ކަން ނޭނގެ އެ ޑޮލަރުތަކެއް ނުފެނޭ.'' ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި އޭނާ ބުންޏެވެ.

Advertisement
Ooredoo — Square (box)

އޭނާ ބުނީ ކުރިން 20 ރުފިޔާއަށް ހުރިއިރު, ރައީސް ޞާލިޙް މަސް ކިލޯއެއްގެ އަގު 16 ރުފިޔާއަށް ތިރިކުރައްވައިފި ކަމަށެވެ.

މަސްވެރިންނަށް ދިން އަނިޔާ ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ކަމަށާއި, މަސްވެރިނަށް ހަމައަގު ހޯދައިދޭނެކަމަށް ވިދާޅުވެ, 16ރުފިޔާއަށް މަސް ކިލޯއެއްގެ އަގު ތިރިކުރައްވާފައި މަސްވެރިން ވެއްދީ ކަށިކުނބުރު ޖަންގައްޔަކަށްކަމަށް އޭނާ ބުންޏެވެ.

''މަސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހަށިގަނޑުގަ އަށް ނޮޅިން މިހިރަ ލޭ އަންނަނީ ކަށިކުނބުރު ޖަންގަލީގައި ދެމިދެމި. މަސްވެރިން މިއަދު ފަތަމުން ދަނީ ރައީސް ޞާލިޙް މަސްވެރިން ވެއްދި ކަށިކުނބުރު ޖަންގަލީގައި''

އޭނާގެ ވާހަކައިގައި ވަނީ މަސްކިރުމަށާއި އައިސް ލިބުމުގައި ހުރި ދަތިތަކާއި ތެލުގެ އަގު ބޮޑުކަން ވެސް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ބުނި ގޮތުގައި ކަށިކުނބުރު ޖަންގަލިން މަސްވެރިން ސަލާމަތްކޮށްދެވޭނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށެވެ. އަދި ރައީސް ޔާމީން އިހަވަންދޫގެ މަސްވެރިން އުފަލުން ފުރައިލަދެއްވާނެކަމާމެދަކު ޝައްކެއް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް