ޚަބަރު ޝަރުޢީ ދާއިރާ

ޙުކުމްކުރުން ލަސްވުމުން މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Ads by Hajj Corporation

އެ މައްސަލައަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވެވުމަށްފަހު, ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭ ކަމަށް ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް, މައްސަލައިގެ ޙުކުމް ކުރައްވާފައިނުވާކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅި މައްސަލައެވެ.

ޖޭއެސްސީން މިއަދު ބުނީ މި މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމީ މި މަހުގެ 05 ވީ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 69 ވަނަ ޖަލްސާގައި ކަމަށެވެ. އަދި މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

Ads by Ooredoo
  1. ވީހާވެސް އަވަހަށް ޖޭއެސްސީ އިސްލާހު ކޮށް ޤާޒީންނަށް ބިރުދެއްކުން ހުއްޓުވާންޖެހޭ، ޖޭއެސްސީން މިހާތަނަށް ކުރިހާވެސް ކަމަކީ ސުލޫކޭ ކިޔާއިގެން ޤާޒީންނަށް ބިރުދެއްކުން !

  2. ޞައްދާމު

    ތިކަހަލަ ކިތަށް ޤާޒީން؟ ޚުލާސާ ބަޔާން އިއްވިތާ މިހާރު 4 އަހަރު ވެއްޖެ. އަދި ހުކުމާ ހަމަޔަކަށް ނުދޭ!