Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އަނިޔާވެރިކަމަށް ޕީޕީއެމުން އާބަސް ބުނަން ބޭނުންނުވާ ކަން އިހަވަންދޫން ދައްކައިދީފި: ޝިފާއު

އަނިޔާވެރިކަމަށް ޕީޕީއެމުން އާބަސް ބުނަން ބޭނުންނުވާ ކަން އިހަވަންދޫން ދައްކައިދީފި: ޝިފާއު

އަނިޔާވެރިކަމަށް ޕީޕީއެމުން އާބަސް ބުނަން ބޭނުންނުވާ ކަން އިހަވަންދޫން ދައްކައިދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށަކަށް ހއ. އިހަވަންދު އަށް އިއްޔެ ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ދަނޑިވަޅެއްގައެވެެ.

ޝިފާއު ވިދާޅުވީ ރައީސް ޔާމީންއަށް މަރުހަބާ ދަންނަވަން އިހަވަންދޫން މީހުން ނުނިކުތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިހަވަންދޫގެ އިތުރުން މި ޤައުމަށް ކޮށްދެއްވާ ތަރައްގީ ރައްޔިތުން ބަލައިގަންނާތީ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި އިހަވަންދޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގަ ބައިވެރިވި ގިނަމީހުންނަކީވެސް އެހެން ރައްރަށުން ޖަލްސާއަށް އެ ރަށަށް ގެނައި މީހުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ ބޮޑުތިލަދުންމަތީގައި ވެސް ވަކި ރަށެއް ތަފާތު ނުކޮށް، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ އާއި ބިން ހިއްކުމާއި ސްކޫލް އިމާރާތްތައް އެޅުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް