ރައީސް ޔާމީނާމެދު ވެސް އެމަނިކުފާނުގެ ޝަރީއަތާމެދުވެސް ޝައުގުވެރިކަމެއް ނެތް : އަލީ ޒާހިރު
ރައީސް އަބްދުﷲ ޔާމީނާއިމެދު ވެސް އެމަނިކުފާނުގެ ޝަރީއަތާމެދުވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޒާހިރު މިފަދައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގަމުންދާގޮތް އަލީ ޒާހިރު ބައްލަވާކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޔާމީން ވަނީ އެކަން އެގޮތަށް ކުރައްވަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ.
“އަދާލަތު ޕާޓީގެ އަލީ ޒާހިރު އަޅުގަނޑުގެ ޝަރީއަތް ހިންގަމުންދާ ގޮތް އިރުއިރު ކޮޅާ ބަލަން ޖެހެނީ ކީއްވެތޯ އަޅުގަނޑު ސުވާލު އުފައްދަން” ރައީސް ޔާމީން ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީނަށް ނެތް ޝައުގުވެރިކަމެއް، ރައީސް ޔާމީންގެ ޝަރީއަތަކަށްވެސް ނެތްކަމަށެވެ. އަދި “ޔޫޓިޔުބްއިން ޝަރީއަތް ލައިވްކުރާއިރުވެސް މަނިކުފާނުގެ ޝަރީއަތް ހިންގަމުންދާ ގޮތް ބަލާނެ ފުރުސަތު ނުލިބި ދަނީ” ކަމަށް ޒާހިރު ވިދާޅުވިއެވެ.
ޒާހިރުގެ އިތުރުން ޢަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވެސް ވަނީ ރައީސް ޔާމީން މިފަދައިން ވިދާޅުވުމާ ގުޅިގެން ފާޑުވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާ ކަހަލަ ބޯ ހަމަނުޖެހޭ ވާހަކަ ދައްކަވާތީ ހަމަ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ަަޒާހިރު ދައްކާވާހަކައެއް ޤަބޫލްކުރާނެ ބަޔަކު މިރާއްޖެޔަކު ނެތް ޤާޒީންނަށް ގުޅުއްވާ ތެޅިފޮޅުނު މީހުން ކޮބާކަން މި ދިވެހިންނަށް ވަރަށްސާފް އިނގޭތޯ
ހަނދާންނެތުމަކީ އެހެން މީހުންގެ މައްސަލައެއް ނޫން ވ. ވ. ވ. ސާފް