ޚަބަރު ޝަރުޢީ ދާއިރާ

ދެލައްކައެއްހައި ރުފިޔާ ވަގަށްނެގި މީހަކު 39000 ރުފިޔާއިން ޖޫރިމަނާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނިލަންދޫ ސްކޫލު ފަޅާލައިގެން ވަގަށް ނެގި ފައިސާތައް

ގާތްގަނޑަކަށް ދެލައްކައެއްހައި ރުފިޔާ ވަގަށް ނެގި މީހަކު 39000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by Sosun Fihaara

މި މައްސަލައަކީ ދެ މީހަކުވެގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ގއ.ނިލަންދޫ ސްކޫލުގެ ޕްރިންސިޕަލް ކޮޓަރީގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ, އެ ތަނުގައި ހުރި ތިޖޫރީ ފަޅާލައި 199,090 ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އެ ފައިސާތައް އެ ރަށު ވަލުތެރޭގައި ހުރި މަގޫ ގަހެއްގެ ބުޑުގައި ވަޅުލާފައިވަނިކޮށް ފުލުހުން ވަނީ ހޯދައިފައެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލީ އެ ރަށު ފޫޅުމާގޭ ޝިމާއު އަޙްމަދާއި އެ ރަށު ދިހްޝާނާވިލާ ޢަލީ ޝާކިރުގެ މައްޗަށެވެ. މި މައްސަލައިގައި ޙުކުމް އިއްވީ ޝާކިރުގެ މައްޗަށެވެ.

ވައްކަންކުރުމުގެ ދަޢުވާއާއި, މުދަލަށް ގެއްލުންދިނުމުގެ ދަޢުވާއާއި, އެނގިހުރެ ހުއްދަނޫން ތަނަކަށްވަނުމުގެ ދަޢުވާއަށް ޝާކިރު އިޢުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެ ގޮތުން ކުށުގެ ދަރަޖަ ދަށްކޮށް އޭނާގެ މައްޗަށް ކަނޑައެޅީ ހަމަސް ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި އެ ޙުކުމުގެ އަަދަބު ޖޫރިމަނާއަށް ބަދަލުކުރުމުން ތިން ދަޢުވާއަށް އެއްކޮށް ދައްކަންޖެހެނީ 39800 ރުފިޔާއެވެ.

މި މައްސަލައިގައި ދަޢުވާ އުުފުލާފައިވާ ޝިމާއު ކުށަށް ޢިއުތިރާފުވެފައެއް ނުވެއެވެ. އެހެންވެ އޭނާގެ ބައި ކުރިއަށްގެންދަނީ ވަކިންނެވެ.

 

Ads by Ooredoo
  1. ޔަގީންބާވެގެންނެގީމައެވަރުއެތިކޮޅެެްނެގީ ދެލައްކަނެގިއްޔާ ތިންލައްކައަތުލަށްޖެހޭނީއެއީ ވަގަންނެގީވިއޔާ