Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިހަވަންދޫއަށް ރައީސް ޔާމީން ވި ވަޢުދު ސަރުކާރުން އޮތީ ފުއްދާފަ

އިހަވަންދޫއަށް ރައީސް ޔާމީން ވި ވަޢުދު ސަރުކާރުން އޮތީ ފުއްދާފަ

ވެރިކަމުގައި ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ހއ. އިހަވަންދޫގައި އައިސް ޕްލާންޓެއް އަޅައި، ބަނދަރު ބޮޑުކުރުން ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހއ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި އިހަވަންދޫއަށް ކޮށްދެއްވާނެ ހާއްސަ ކަންތައްތަކުގެ ތެރޭގައި ރައީސް ޔާމިން ވިދާޅުވީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އައިސް ޕްލާންޓު އަޅާ، ތެޔޮ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން އިހަވަންދޫގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޔާމީން މިފަދައިން ވިދާޅުވި ނަމަވެސް އިހަވަންދޫގައި ވަނީ އައިސް ޕްލާންޓެއް ގާއިމް ކޮށްފައެވެ. މީގެ އިތުރުން އިހަވަންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ވެސް ދަނީ ކުރިއަށެވެ.

މި މަޝްރޫއުތަކާ ގުޅޭގޮތުން އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ އިހަވަންދޫގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓްގެ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކޮށް ދުވާލަކު 75 ޓަނުގެ އައިސް އުފެއްދޭ ވަރުކުރުން ކަމަށެވެ.

މީގެ އިތުރުން އެ ނޫހަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ މިހާރު ތަރައްގީ ކުރަމުންދާ ބަނދަރުތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ބަނދަރަކީ އިހަވަންދޫ ބަނދަރު ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް