Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީން ސަރުކަަރަށް: ޖަދަލުކުރަން ނުކުރެންޏާ ކަނޑިކި ލައިގެން ގޭގަ ތިބޭ

ރައީސް ޔާމީން ސަރުކަަރަށް: ޖަދަލުކުރަން ނުކުރެންޏާ ކަނޑިކި ލައިގެން ގޭގަ ތިބޭ

މި ސަރުކާރުގެ ވެރީންނަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ޖަދަލުކުރަން ނުކުރޭނަމަ ކަނޑިކިލައިގެން ގޭގައި ތިބުން މާ ރަނގަޅު ވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހއ އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ބޭރު ސިފައިން ތިބުމަށްވުރެ ބޮޑު ކަމެއް ރާއްޖެއަކު ނެތް ކަމަށެވެ. އަދި މި ސަރުކާރު ނެގެހެއްޓުމަށްޓަކައި ސަރުކާރުން އެދޭ އެދުމުގެ މަތިން އެކަން ކުރަމުން ދަނީ އިންޑިޔާ ސިފައިން ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން މި ސަރުކާރުން ގެންދަވަނީ މީހުންގެ ސިކުނޑިތަކުގައި ތަޅުއަޅުވައިގެން ކަމަށާއި އެކަން އެހެން ނުކުރެވޭނެ ކަމަށެވެ. އަދި އިދިކޮޅުން ދައްކާ ވާހަކައަށް ޕޯޑިއަމްގައި ރައްޔިތުން ކުރިމަތީގައި ރައްޔިތުން ގެނެސްގެން ޖަދަލުކޮށްލަން ސަރުކާރުގެ ވެރިންނަށް ދައުވަތު އަރުވާ ކަމަށާއި “އެވަރުގެ ފިރިހެންވަންތަ ކަމެއް ނެތިއްޔާ މި މީހުން ކަނޑިކިލައިގެން ގޭގައި ތިބިއްޔާ މާ ރަނގަޅުވާނެ” ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާ ރައީސް ޔާމީން ކުރައްވާ މިދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ ވަށަފަރަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް