ޚަބަރު އިޖުތިމާޢީ

ދޮޅުއަހަރު ފަހުން އެންޑީއޭގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޢިމާދު ޞާލިޙް. ފޮޓޯ: ވީނިއުސް

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަންކޮށްފިއެވެ.

Ads by MWSC

އެންޑީއޭއިން ބުނީ އެ މަޤާމަށް އައްޔަންކުރީ ސ.މަރަދޫފޭދޫ/އެވަރެސްޓް ޢިމާދު ޞާލިޙް ކަމަށެވެ.

އޭނާ މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވާނީ އަންނަ ނޮވެމްބަރު 01 ވަނަ ދުވަހުގައެވެ.

ޢިމާދަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަސިޓީ އޮފް ނޮޓިންގހަމް މާސްޓާޒް އިން އެޑިއުކޭޝަނަލް މެނޭޖްމަންޓް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ޢިމާދަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރުކަމާއި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢިމާދު ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައި މިވަނީ 2021 ޖަނަވަރީ 18 ގައި ކުރިން ހުރި ސީއީއޯ މަޤާމުން ވަކިކުރި ފަހުން, ގިނަ ދުވަސްތަކެއް ވަންދެން އެ މަޤާމު ހުސްކޮށް އޮތުމަށްފަހުއެވެ.

Ads by Ooredoo
  1. ބޭކާރު ތަންތަނުގެ ބޭކާރު މަޤާމް ތަށް !

  2. ފެތެމުންދާ އޮޑިއެއްގެ ދިރުބާ ކޮޅުގައި ހުރެގެން ވެސް މާލިމީޔަށް ކުރެވިދާނެ ކަންކަންވެސް ހުރެދާނެ އޮޑިސަލާމަތްކޮށް ފަޅުވެރިންނާއި ފަސެނަޖަރުން ސަލާމަތްކުރަންވެސް !