ޗައިނާއާ ދެކޮޅަށް ޖަޕާނާއި އޮސްޓްރޭލިއާއިން ވަރުގަދަ އެއްބަސްވުމަކަށް

ޖަޕާނާއި އޮސްޓްރޭލިއާއާ ދެމެދު އަސްކަރީ، އިންޓެލިޖެންސް އަދި ސައިބާ ސެކިއުރިޓީ އެއްބާރުލުން ހިމެނޭ ގޮތަށް އާ ބައިލެޓަރަލް ސެކިއުރިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.
މިއީ 2007 ވަނަ އަހަރު ޗައިނާއާ މެދު ކަންބޮޑުވުމެއް ނެތް ދުވަސްވަރު އެންމެ ފުރަތަމަ ސޮއިކުރި ޖޮއިންޓް ޑެކްލަރޭޝަން އޮން ސެކިއުރިޓީ ކޯޕަރޭޝަން އަޕްގްރޭޑެޑް އެއްބަސްވުމެކެވެ.
މި އެގްރީމެންޓެއްގެ ދަށުން ދެ ގައުމުގައި ވެސް ޖޮއިންޓް މިލިޓަރީ އެކްސަސައިޒްތައް ބޭއްވުމަށް ހުރި ހުރަސްތައް ނައްތާލެވޭނެއެވެ.
މިއީ އެމެރިކާ ފިޔަވައި އެހެން ގައުމަކާއެކު ޖަޕާނުން ސޮއިކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ. ޖަޕާނުން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ އުތުރުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާއާ އެކު އެގައުމުގެ ސެލްފް ޑިފެންސް ފޯސަސް ތަމްރީނުކޮށް އެ އަސްކަރިއްޔާގެ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ.
މި ޑިކްލަރޭޝަންގައި މިލިޓަރީ އިންޓައޮޕަރަބިލިޓީ، އިންޓެލިޖެންސް، ސައިބާ ސެކިއުރިޓީ، ސްޕޭސްގެ އޮޕަރޭޝަންތަކާއި ގާނޫނު ތަންފީޒު ކުރުމާއި ލޮޖިސްޓިކްސް އަދި ޓެލެކޮމިއުނިކޭޝަން ހިމާޔަތްކުރުން ހިމެނެއެވެ.