ޚަބަރު ޝަރުޢީ ދާއިރާ

ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމު: އުއްތަމަ ފަނޑިޔާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޖުޑިޝަރީ

ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ ގޮތްތައް އިޚުތިޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ ރ.އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯޓުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.

އަދި ކުޑަކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ ފަދަ މައްސަލަތަކުގައި އެ ކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ ގޮތްތައް އިޙްތިޔާރުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ސީޖޭއޭ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައި ވަނީ އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo
  1. ކޯޓް ތަށް ހުރީއަކީވެސް ކުޑަކުދިންގެ މައްސަބަލަން ޤާނޫނުގައި ބުނާ ގޮތަކަށެއްވެސްނޫން އެހެންވީމާ ކޮންމެހެން ކުދިން ކޯޓަށް ހާޒިރު ނުކުރުންތާ ރަގަޅުވެސްވާނީ !