ޚަބަރު ރައްޔިތުންގެ މަޖިލިސް

ޗާގޯސް މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އެ މައްސަލައިގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ދެކުނުން، ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭގޮތަށް، ފޯޅަވައްސާއެކު އޮންނަ ޗާގޯސްއަކީ މޮރިސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެގޮތުގައި ހަމަޖެއްސުމަށް އެ ޤައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯރ ލޯވ އޮފް ދަ ސީއަށް ހުށަހަޅާފައވާ މައްސަލައިގައި، ދިވެހރާއްޖެއިން މިހާތަނަށް
ވަކާލާތުކޮށްފައިވަނީ މޮރިސަސްއާ ދެކޮޅަށް ކަމަށެވެ.

އަދި މޮރިޝަސްއަށް ތާއީދުކޮށްފިނަމަ، ރާއްޖޭގެ ހާއްސަ
އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭނެކަމުގެ ބިރު ބޮޑު ކަމަށާއި އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަގްވާމީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެކަމަށެވެ.

“ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ޗާގޯސް އިން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލޭނެތީއާއި އެކަމުގައި ރާއްޖޭގެ ޙައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް
ބަންދުވާނެ” އެ މައްސަލައިގައި ބުނެފައިވެއެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ސިޔާދަތީ، ހާރިޖީ، އިގުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައަކަށްވާތީ، ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެންލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ ކުށްވެރިކުރާ ކަމަށެވެ. އަދި މިކަމުގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކުރުމަށްވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.

Ads by Allied Insurance
  1. ށަވިޔަނި

    މިފަހަރު ކިހިނެއް ވާނެބާ!

  2. ސައްލި

    މިކަހަލަ ވޯޓެއް ކޮސޯވޯ މައްސަލާގަވެސް ދީގެން ބަޔަކު މީހުންވަނީ ފައިސާގަޑެއް ނަގާފައި ދިރުވާލާފައި، މިފަހަރުވެސް މިއުޅެނީ ފައިސާގަޑެއް ދިރުވާލަން ، ބައިއެޅުން ގިނަނުވެގެން މަޖިލިސް ފުކޯގައިވެސް އެވާހަކަ ދައްކަންފެށީ !