Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ފ އަތޮޅު ވިއްކާލުމާ ދެކޮޅަށް ނިކުތީ ވެސް ރާއްޖެއިން ބައެއް ގެއްލޭން ބޭނުން ނުވާތީ: އީވާ

ފ އަތޮޅު ވިއްކާލުމާ ދެކޮޅަށް ނިކުތީ ވެސް ރާއްޖެއިން ބައެއް ގެއްލޭން ބޭނުން ނުވާތީ: އީވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ފ އަތޮޅު ތަރައްޤީ ކުރަން ސައުދީގެ ޝާހީ އާއިލާއަށް ދޭން ނިންމި ނިންމުމާ ދެކޮޅަށް އޭރު އެމްޑީޕީން ތެދުވީ، އެކަން ކުރީ ވަކި މީހެއް ކަމުގައި ވީމާ ނޫން ކަމަށާއި އެކަން ކުރީ ރާއްޖެއިން ބައެއް ދޫކޮށްލަން އެއްވެސް އިރެއްގައި ތާއީދު ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ދެއްކެވި ވާހަކަފުޅުގައެވެ.

އީވާގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ފަސްގަނޑުން ނުވަތަ ލޮނުގަނޑުން ވިޔަސް ރާއްޖެއިން ބައެއް ގެއްލޭވަރުގެ ނިންމުމެއް ކަމަށެވެ. އަދި މިކަން ކުރުމުގައި މަޖިލީހުގެ ބަހެއް ނުހޯދުމަކީ "ނުތާހިރު" ކަމެއް ކަމަށް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އީވާ އިތުރަށް ވިދާޅުވީ، ހާރިޖީ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް ތަންފީޒުކުރަން އޮތް އިހުތިޔާރެއްގެ ގޮތުގައި އޮތް ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ކޮންމެވެސް ދުވަހަކުން ގެއްލިދާނެ ފަދަ ނިންމުމެއްގައި ގޮތެއް ނިންމަންޖެހޭނީ ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ރާއްޖެއިން މިފަދަ ނިންމުމެއް ނިންމި ސަބަބު އޮޅުން ފިލުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް