ރައްޔިތުންގެ މަޖިލިސް

ރޮޒައިނާގެ ފާޑު ކިޔުން ރައީސް ނަޝީދަށް: ބަދިގޭ ތެރޭ އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މުޅި ތާރީޚްގައި ވެސް މަޤާމުގައި ހުންނެވި އެންމެ ޚުދުމުހުތާރު މީހަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ޚުދުމުހުތާރު ކަމުގެ ވާހަކަ ނުދައްކާ ދެން ތިބެވޭކަށް ނެތް ކަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމު ވެސް ފުރުއްވާ ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި އޮންނަވަރު ބާރެއް ލިބިވަޑައިގަންވާ ބޭފުޅެއް ނޫން ކަމަށާއި ރިޔާސަތުން ކަންތައް ކުރާ ގޮތުން މަޖިލީހުގައި މަސައްކަތް ކުރަން ވެސް އުދަނގޫ ވެފައިވާ ކަމަށެވެ.

"ގޭގެ ބަދިގޭ ތެރޭ އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ނަޝީދަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ވަގުތު ފެނިގެން މި ދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް. ވަރަށް ހިތާމަ ކުރަން މި ވާހަކަ ދައްކަން ޖެހޭތީ،"

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ، ރިޔާސަތުގައި ހުންނަވާ ބަހުސްތަކުގައި ރައީސް ނަޝީދު ބައިވެރިވުމާއި މަޖިލީހަށް ހާޒިރުވާ ވަޒީރުންނާ މެމްބަރުން ސުވާލު ކުރެއްވުމުން ވަޒީރުން ދެއްވާ ޖަވާބުގެ ތެރެއަށް ނަޝީދު ވަދެވަޑައިގަންނަވާ ކަމަށެވެ.

Ads by Allied Insurance
  1. މަރްޔަމް

    ރޮޒޭނާއަކީމުޅިދުނިޔޭގަވެސްހުރިއެންމެއަނގަމުޑުދާރުބަސްމަގުހުތުރުއަންހެނ.