Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ކޮމިޓީ މިހާރު ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް: ރޮޒައިނާ

ކޮމިޓީ މިހާރު ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް: ރޮޒައިނާ

މިވަގުތު ވެސް މަޖިލީހުގެ ކޮމިޓީ ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޓީގެ ވަގުތު ކޮމިޓީން ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައި އޮއްވާ ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެކަން ފާހަގަ ކުރުމުން އެކަން ކޮށްފައިނުވާ ކަމަށެވެ.

އަދި މަޖިލީހުގެ ކަންތައްތައް ކޮމިޓީތަކުން ނިންމަނީ  ހުށަހަޅާ ބިލައް ތާއީދު ލިބި ވޯޓު ލިބިގެން ކަމަށާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެކަން އެނގިވަޑައިނުގަންނަވާނަމަ މިކަން ސާފުކޮށްދޭން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

“އެނގި ހުރެ އަމިއްލަ ގޮތް އިސްކުރެއްވީ ކަމަށްވަންޏާ ހަމަ އަނެއްކާވެސް ބުނެވޭނީ ބޮޑު ޑިރެކްޓާ އެކޭ” ރޮޒައިނާ ވިދާޅުވިއެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައިވެސް ރޮޒައިނާ ވަނީ ސަރުކާރަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ގަވައިދާ އެއްގޮތަށް ހިނގާ ނަމަ ހުރިހާ މެމްބަރުން ވެސް ވަރަށް އުފާވާނެ ކަމަށާއި ނަމަވެސް ކަންކަން ހިނގަނީ އެ ގޮތަށް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދަކީ މިހާތަނަށް "އެންމެ ހުދުމުތާރު" ރައީސްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް