''މަހްލޫފް ކަހަލަ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ބޮޑެތި މަގާމުތަކަށްލުމުގެ ނަތީޖާ ވަރަށް ހިތި''
ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދަޢުވާކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށްލުމުގެ ނަތީޖާ ވަރަށް ހިިތިކަމަށް ވިދާޅުވެ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް, ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފަށް ރައްދު ދެއްވައިފިއެވެ.
ނަރީޝް އެހެން ވިދާޅުވީ, މި ސަރުކާރުން ޤައުމު ވިއްކަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަނީ ސަރުކާރުން ގެންނަމުންދާ ތަރައްޤީއާގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތިގެންކަމަށް, ނ.މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި މަހްލޫފް ވިދާޅުވުމާ ގުޅިގެންނެވެ. އެ ޖަލްސާގައި މި ސަރުކާރު ދިފާއުކޮށް މަހްލޫފް ވަނީ ވާހަކަދައްކަވައިފައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ނަރީޝް މިއަދު ވިދާޅުވީ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދައުވާ ކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށްލައި, އެ މީހުން ޕޯޑިއަމްތަކަށް އަރުވައިގެން ދައުލަތް ހިމާޔަތް ކުރުމުގެ ނަތީޖާއަކީ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބި ބޮޑެތިވެގެންވާ ކުށްތަކަށް އަރައިގަތުން ކަމަށެވެ.
ކުށް ކުރަމުން ކުރަމުން ގޮސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ވެސް ވިއްކާލުމުގެ ކުށް ސަރުކާރުން ކޮށްފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.
''މިއީ ބޮޑެތި މުޖުރިމުންގެ ސަރުކާރެއް! ފިޔަވަޅު އެޅޭނެ މައްސަލަ ބެލޭނެ!''
ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ވާހަކަ ނަރީޝް ފާހަގަކުރެއްވިއިރު, އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އުފުލައިފައެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ތާވަލުކުރިިއިރު ވެސް މަހްލޫފް ހުންނެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މ.އަތޮޅުގައެވެ.
މަހުފޫލް ކުޑަވެގެން ބޮޑުވީ އިސްލާހިއްޔާގަ ހުރެ ކޮންކަމެއް އެގޭނީ
ކާކުތޭ ފާފުއަތޮޅު ވިއްކާލަން އުޅުނީ!!!!
މަހުލޫފުމެންނަކީީ ފިހާރަތަކައްް ލާފަހުންނަަ މުދާގޮތައްް އަބަދުު ވެރިންބަދަލުވާބަޔެއްް އެމީހުންނައްް ހުރިހާވެސްް އެއްޗަކީީ ފައިސާާ ފައިސާދެންޏާާ ކޮންމެފަދަަ ވާހަކައެއްވެސްް އެއްވެސްް ބިރުވެރިކަމެއްނެތިި ދައްކަންް ފަސްނުޖެހޭނެެ
ޔާމީނުކަހަލަ ބޮޑަތިކުއްތަކުގެ ތުހުމަތުކުރެވޭ މީހުނަށް ރިޔާސީޓިކެޓް ރަނގަޅު