Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުން: ތޯރިގް

އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުން: ތޯރިގް

އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގް މިފަދައިން ވިދާޅުވެފައިވަނީ، ޗޯގޯސް މައްސަލައިގައި އިއްޔެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާންމުކުރެެއްވި ލިޔުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ތޯރިގް ވިދާޅުވީ، އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނައުން ކަމަށެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި "ކުރިން ބުނިއެތި ކެންސަލް ކަމަށް ދެންނެވުން" ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

" އެކަން އެގޮތަށް ކުރެއްވިޔަސް ޤައުމަށް ޤައްދާރުނުވާކަމަށް ނުވާނެއެވެ." ތޯރިގްގެ ވިދާޅުވިއެވެ.

"ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" މިނަމުގައި ރައީސް ނަޝީދު އިއްޔެ ނެރުއްވި ލިޔުމުގައި ބުނެފައިވަނީ 1965ވަނަ އަހަރު ފޯޅަވަހި ބަލަހައްޓަވަމުން ގެންދެވީ އިނގިރޭސިވިލާތުން ކަމަށާއި އެ ގައުމުގެ ދައުލަތުން ފޯޅަވަހި ދޫކޮށްލެއްވިއިރު އެރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރުނީ އެރަށުގެ އަހުލުވެރިންނަށް ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ފޯއްޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ފުރޮޅުނަސް ފޯއްޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްޤީ ދިވެހިންނަށް ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް