Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ހާއްސަ ކޮމިޓީއަކުން ޗާގޯސް މައްސަލައިގައި ސިޔާސަތު ބަދަލުވި ގޮތް ބަލަން ޖެހޭ: އެމްއެންޕީ

ހާއްސަ ކޮމިޓީއަކުން ޗާގޯސް މައްސަލައިގައި ސިޔާސަތު ބަދަލުވި ގޮތް ބަލަން ޖެހޭ: އެމްއެންޕީ

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިގޮތް ފުރިހަމައަށް ބަލައި، އެކަމުގައި ފައިސާއާއި ނުފޫޒު އޮތްތޯ، މަޖިލީހުން ހާއްސަ ކޮމިޓީއެއް ނަގައިގެން ބަލަން ޖެހޭ ކަމަށް ވިދާޅުވެ މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)އިން މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރުގައި ބުނެފައިވަނީ ޗާގޯސް މައްސަލާގައި މީގެ ކުރިން މޮރިޝަސްއާ ދެކޮޅަށް، އަދި އިނގިރޭސިވިލާތާ އެއްކޮޅަށް ބައިނަލް އަގުވާމީ އިދާރާތަކުގައި ރާއްޖޭން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުުން ކާމިޔާބުވެއްޖެ ނަަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އަދި ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހިންނަށާއި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހަށް އަނގާފައިނުވާ ކަމަށް ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ގަރާރު ހުށަހަޅާފައި ވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭން ގެންގުޅުނު ސިޔާސަތު ސަރުކާރުން ބަދަލުކޮށްފައި ވާ ނަމަ އެކަން ކޮށްފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް