Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ސިއްކަ އަހްމަދުގެ ދިފާޢުގައި ނަޝީދު: ނޮވެމްބަރު 3ގައި ނެގި އިއުތިރާފް ބަޔާނަކީ އޮޅުވާލުމެއް

ސިއްކަ އަހްމަދުގެ ދިފާޢުގައި ނަޝީދު: ނޮވެމްބަރު 3ގައި ނެގި އިއުތިރާފް ބަޔާނަކީ އޮޅުވާލުމެއް

ރާއްޖެއަށް ފަހުގެ ތާރީޚުގައި ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އެއް މޭސްތިރިކަމަށްވާ ސިއްކަ އަޙްމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން ބަލައި ނުގަނެވޭކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު، ދިފާޢުކުރައްވައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ނަޞްރުގެ ދުވަހާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައި މިއަދަކީ، މީގެ 34 އަހަރު ކުރިން ދިވެހި ޚާއިނުންގެ ބަޔަކު އަޑީގައި ތިބެ ތަމަޅަ ޓައިގަރުން ރާއްޖެ ގެނެސް 19 ދިވެހިންގެ ލެއިން މި ބިން ފޯކޮށްލި ދުވަހެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.

ސިއްކަ ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަަމަލާގެ އަޑީގައި ހުރި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަށް އިޝާރަތް ކުރައްވައެވެ. މިކަމާ ގުޅިގެން ސިއްކަ އަހްމަދަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

Advertisement
Allied Insurance — Square (box)

މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެމްބަރު3 ގެ ހަމަލާގައި ސިއްކަ އަހްމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައިނުގަނެވޭކަމަށެވެ. އަދި ބޮޑު ސިއްކަ އަށް މި މައްސަލަައިގެ ހައްޔަރުގައި އަނިޔާކޮށް މަރުގެ ތުންފަންމައްޗަށް ގެންދިޔަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“އޭނައަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް” ނަޝީދު ވިދާޅުވިއެވެ.

https://twitter.com/mohamednasheed/status/1588359541682745346?s=46&t=PStz8lvVGKJAJY4n6UhXTA

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ސަރުކާރުން ހައްޔަރުކޮށް މި މައްސަލައިގައި ކުށް ސާބިތުވި ފަސް ދިވެހިންގެ ތެރޭގައި ބޮޑު ސިއްކަ ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް