ޢަރަބިއްޔާ ހިންގުން އިސްކަންދަރުގެ ޕްރިންސިޕަލާ ހަވާލުކޮށްފި

ޢަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދާ ހަވާލުކުރައްވައިފިއެވެ.
ޢަރަބިއްޔާ ސްކޫލު ހިންގުން ޙުސައިން ސަޢީދާ ހަވާލު ކުރެއްވީ ޢަރަބިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އިއްޔެ އެ މަޤާމުން ވަކިކުރުމަށްފަހުއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ އެ ބަދަލު ގެނައީ ޢަރަބިއްޔާގެ ކިޔެވުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކަމަށެވެ. ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އެ މިނިސްޓްރީން އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޢަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ވަކިކުރުމަށްފަހު، އޭނާ ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އަށްވަނަ ދުވަހު، ޢަރަބިއްޔާގެ ޕްރިންސިޕަލަކަށް ހަމަޖެއްސި ޝުޖާޢު ވަކިކުރުމުން، އެ ސްކޫލުގެ ބެެލެނިވެރިން ރޭ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
''ސޭވް އަރަބިއްޔާ'' ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައިވަނީ ޝުޖާއު މަޤާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށްގެންދާ ''ސޭވް އަރަބިއްޔާ'' ކެމްޕެއިން ހުއްޓުވަން އޭނާ މަސައްކަތް ނުކުރައްވާތީ ކަމަށެވެ. ބެލެނިވެރިން ދެކޭ ގޮތުގައި، ޝުޖާއު ހުންނެވީ ބެލެނިވެރިންނާއެކުގައެވެ.
އަޅެ މީނަ މީ މާ މޮޅު މީހަކީތަ؟ ބޮޑާކަމާ ކިބުރުވެރިކަމުން ފުރިފަ ހުރި މީހެއް.