ނަޝީދުގެ ދިފާއުގައި ވައްޑެ: މޫސުމީ ވާހަކައަކީ އާލަމީ ވަކާލާތެއް

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާ <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ވަކާލާތަކީ “އާލަމީ” ވަކާލާތެއް</span>ކަމަށް އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ކޮޕް27ގައި ރައީސް ނަޝީދު އެހެން ޤައުމެއް ތަމްސީލުކުރައްވަން ވަޑައިގަތުމުން އެކަން ކުއްވެރި ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބަޔާނެއް ނެރުއްވުމާ ގުޅިގެންނެވެ.
އެމްއާރުއެމްއިން ނެރުން ބަޔާނުގައި ބުނީ އެ ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށެވެ.
މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ވަކާލާތަކީ “އާލަމީ” ވަކާލާތެއް</span>ކަމަށާއި <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">އެއީ ދޭދޭ ދެގައުމެއްގެ ވާދައެއް އެކުލެވޭ ވަކާލާތެއް ނޫންކަމަށެވެ. އަދި އެއީ އެއް ވިސްނުމެއްގައި އެއް މަޤްސަދަކަށް ކުރެވޭ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.</span>
https://twitter.com/waddey_/status/1589271750709501952?s=46&t=Sa7TzW-fXCD_IBZHTllbCA
ކޮޕް27ގައި ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގަތުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުންރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސަށް ރާއްޖެ ބައިވެރިވާ ފޯރަމެއްގައި އެހެން ޤައުމެއް ތަމްސީލު ކުރުމަކީ ބުއްދި ޤަބޫލު ނުކުރާ ކަމެއް ކަމަށެވެ.
ރޮޒައިނާގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ވަނީ ރައީސް ނަޝީދު ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ޤައުމެއްގެ ވަފުދުގައި އެ ޤައުމު ތަމްސީލު ކުރަން ވަޑައިގަތުމުން ސުވާލު އުފައްދަވައިފައެވެ.







ކޮމެންޓް