Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

މިފަހަރު ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދުކުރެވޭކަށް ނެތް: ރައީސް ނަޝީދު

މިފަހަރު ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދުކުރެވޭކަށް ނެތް: ރައީސް ނަޝީދު

2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރަކަށް ރައީސް ޞާލިޙްއަށްތާއީދު ނުކުރައްވާނެކަން ހާމަކޮށްފައިވަނީ ނަޝީދު މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގައި "މި ފަހަރު ރައީސް ޞާލިޙަށް ތާއީދުކުރެވެން ނެތް" ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާނުކޮށްފައި ނުވާއިރު ޕްރައިމަރީ ބާއްވާނެ ކަމަށް އެންމެ ފުރަތަމަ އަޑު ފެތުރުނީ ނިމިދިޔަ އޮގަސްޓު މަހުއެވެ. ނަމަވެސް މިހާރު ބުނެފައިވަނީ އަންނަ އަހަރަށް އިންތިހާބު ލަސްވެފައިވާކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް އެ ޕާޓީ އިން ނިންމާފައި ނުވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މީގެ ކުރިން ހާމަކުރައްވައިފައެވެ.

ރައީސް ނަޝީދަކީ ފަހަކަށް އައިސް ރައީސް ޞާލިޙާއި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް