Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

ގެސްޓްހައުސްއަކަށް ފުރަތަމަ ފަހަރަށް އެމްފައިސާ ބަލައިގަންނަން ފަށައިފި

ގެސްޓްހައުސްއަކަށް ފުރަތަމަ ފަހަރަށް އެމްފައިސާ ބަލައިގަންނަން ފަށައިފި

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ކ. ތުލުސްދޫގައި ހުންނަ "ޑްރީމް އިން" ގެސްޓް ހައުސް އަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ އިން ބުނީ އެއީ އެމްފައިސާ މެދުވެރިކޮށް ގެސްޓް ހައުސްއަކަށް ބިލް ދެއްކޭ ފުރަތަމަ ފަހަރެވެ.

ޑްރީމް އިން ގެސްޓް ހައުސްއަކީ އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން އަދި ދިވެހިންގެ މެދުގައި ވެސް މަގްބޫލު ގެސްޓް ހައުސެކެވެ.

Advertisement
Allied — Dhen Online (box)

މި މަހުގެ ނިޔަލަށް އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުން އެމްފައިސާ މެދުވެރިކޮށް ގެސްޓް ހައުސަށް ފައިސާ ދައްކާ ނަމަ، އޭގެ ފަސް ޕަސެންޓު އަނބުރާ އެމްފައިސާގެ ވޮލެޓަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ގެސްޓް ހައުސްތަކުގައި ވެސް އެމްފައިސާއިން ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް