Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އެޗްޑީސީއާ އެމްއައިޓީ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޕްރޮގްރާމުތަކެއް ހިންގަނީ

އެޗްޑީސީއާ އެމްއައިޓީ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޕްރޮގްރާމުތަކެއް ހިންގަނީ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމުތަކެއް ހިންގަން އެޗްޑީސީއާ އެމްއައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޢާޠިފެވެ. އެމްއައިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އިންސްޓިޓިއުޓުގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމެވެ.

އެޗްޑީސީން ހާމަކުރެއްވި ގޮތުގައި މިފަދަ ޕްރޮގްރާމްތަކެއް ހިންގެވުމަށް، އެ ކޯޕަރޭޝަނުން އިސްނެންގެވީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބާރުވެރި ކުރުވައި މަސައްކަތުގެ މާހައުލަށް އަހުލުވެރި ބައެއްގެ ގޮތުގައި ބިނާކުރުމަށެވެ.

Advertisement
Allied — Dhen Online (box)

އެޗްޑީސީން ވިދާޅުވީ، މިއީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެ ފަރާތްތަކުން ހުށަހެޅި ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް