އިޖުތިމާޢީ ދުނިޔެ ސިއްޙަތު ޔޫރަޕް

އިނގެރޭސިވިލާތުގެ ނަރުހުން ފުރަތަމަ ފަހަރަށް މުޒާހަރާ ކުރަނީ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިނގެރޭސިވިލާތުގެ ތާރީޚުގައިވެސް، އެ ޤައުމުގެ ނަރުހުން ގުޅިގެން، ފުރަތަމަ ފަހަރަށް މުޒާހަރާއަށް ނުކުންނަން ނިންމައިފިއެވެ.

Ads by STELCO
Ads by WAMCO

މުޒާހަރާ ކުރަން ނިންމާފައި ވަނީ، އެ ޤައުމުގެ ޕަބްލިކް ހެލްތް ސިސްޓަމް(އެން.އެޗް.އެސް) ގައި މަސައްކަތްކުރާ ގިނަ ނަރުހުން ކަމަށް ރޯޔަލް ކޮލްޖް އޮފް ނާސިންއިން ހާމަކުރެއެވެ.

ތިން ލައްކައަށްވުރެ ގިނަ މެމްބަރުން ހިމެނޭ މި ޓްރޭޑް ޔޫނިއަންއިން ބުނެފައިވާ ގޮތުގައި، މި ޔޫނިއަންގެ 106 އަހަރުގެ ތާރީޚުގައިވެސް، ފުރަތަމަ ފަހަރަށް ބާއްވާ އެއްވުން އޮންނާނީ މި އަހަރުގެ ފަހުކޮޅުގައެވެ.

މުޒާހަރާއަށް ނުކުންނަން ޖެހުނު ސަބަބެއް ކަމަށް އެ ޔޫނިއަނުން ބުނަނީ، ނަރުހުންގެ އުޖޫރަ 20 އިންސައްތަ ދަށްވެ، ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް ދަތިވުމެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ރޯޔަލް ކޮލްޖް އޮފް ނާސިންގގެ އެދުމަކީ ނަރުހުންގެ މުސާރަ އިންފްލޭޝަނަށްވުރެ 5 އިންސައްތަ އިތުރު ކޮށްދިނުމެވެ.

ނަމަވެސް އިނގެރޭސި ބޮޑުވަޒީރު، ރިޝީ ސުނަކްގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އެ ޤައުމުގެ މިހާރުގެ ހާލަތަށް ބެލުމަށްފަހު މިފަދަ ފިޔަވަޅެއް އެޅުމަކީ މިވަގުތު ކުރެވެން ނެތް ކަމެކެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ މިފަދަ ބަދަލެއް ގެނައުމަށް ސަރުކާރުން ގާތްގަނޑަކަށް 9 ބިލިއަން ޕައުންޑް ހޭދަކުރަން ޖެހުމެވެ. އެން.އެޗް.އެސްގެ ނަރުހުން މުޒާހަރާކުރުމަށް ނިންމާފައިވާއިރު، މިހާރުވެސް ނަރުހުންނާއި އެހެނިހެން ވަސީލަތްތައް މަދުވުމުގެ ސަބަބުން 7 މިލިއަން ބަލި މީހުން ވެއިޓިން ލިސްޓްގައި އެބަތިއްބެވެ. އުޖޫރަ ކުޑަވުންފަދަ ސަބަބުތައް ހުރުމާއެކު، މިދިޔަ އަހަރު އެކަނިވެސް ފަންސަވީސް ހާސް ނަރުހުން ވަނީ ވަޒީފާ ދޫކޮށްލައިފައެވެ.

Ads by HDC
  1. ހޮރެން.

    ސުނަކް ބުނީ އިންޑިޔާގަ އެބައޮތޯ ބައިވަރު. ދެން ގެންނާނީ އިންޑިޔާއިންނޯ.