އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ، އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެކަން ތަހުގީގު ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެވާދަވެރިކަމުގެތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތް ނުކުރުމަށް އިލްތިމާޞްކުރާކަމަށެވެ.
އަދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫން ކަމަށާއި އެ ޕާޓީ އަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫން ކަމަށެވެ.
“ ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެ” އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ އެޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމެއް ކަމަށް ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ ރޮޒައިނާ އަށް އިންޒާރުދީ އަނިޔާ ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.
ރޮޒައިނާއަކީީ އެހެންމީހުންގެެ ސަމާލުކަންް ހޯދުމައްް ތަފާތުު އުކުޅުތައްބޭނުންް އަމިއްލަަ އެދުންް ހާސިލްކުރުމައްް ކޮންމެފަދަަ ކަމެއްކުރަންޖެހިލުންނުވާާ މީހެއްގޮތައްް ފެންނަމުންދަނީި އެމަންޖެގެެ އެދުންް ހުރިހާވެސްް އެއްޗެއްގެެ ގޮތުގަަ އިސްކުރާނެެ އެއީވާާ އަންހެނެއްް