ޚަބަރު އިޖުތިމާޢީ

81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން.. ފޮޓޯ/އަވަސް

81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ''ދެން'' އަށް މިއަދު ވިދާޅުވީ ހދ.ވައިކަރަދޫގައި ޢުމުރުން 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!