ދުނިޔެ

އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ދޭން ތާލިބާނުން އަމުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތާލިބާނުން ވެރިކަން ކުރަމުން އަންނަ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއާ ހިންގަން އަމުރުކޮށްފިއެވެ.

Ads by Sosun Fihaara

ތާލިބާނުންގެ ލީޑަރު ހައިބަތުالله އަޚުންދްޒާދާ އަފްޣާނިސްތާނުގެ ފަނޑިޔާރުންނަށް އަންގަވާފައި ވަނީ އިސްލާމީ ޝަރީއަތުގައިވާ ކުށްތަކަށް ކަނޑައަޅާފައިވާ އަތް ކެނޑުމާއި ރަޖަމް ކުރުންފަދަ އަދަބުތައް ދިނުމަށެވެ.

އޭނާގެ ތަރުޖަމާނު ވިދާޅުވީ ވައްކަމާއި ގައުމަށް ޣައްދާރުވުން ފަދަ ކުށްތަކަށް އަދަބު ދޭން ޖެހޭނީ އިސްލާމީ ޝަރީއާގެ ގާނޫނު އެ ޖަމާއަތުން މާނަކުރާ ގޮތުގެ މަތިން ކަމަށެވެ.

1990 ގެ އަހަރުތަކުގައި ވެރިކަމުގައި ހުންނެވި އިރު، ތާލިބާނުންނަށްވަނީ ހަރުކަށި އަދަބުތައް ދީފައެވެ. އޭގެ ތެރޭގައި ވެރިކަމަށް ދެކޮޅަށް ބަޣާވާތް ކުރާ މީހުން މެރުން ވެސް ހިމެނެއެވެ.

މިދިޔަ އަހަރު ވެރިކަމާ ހަވާލުވިއިރު މިއަށްވުރެ ލުއި ގޮތަކަށް ވެރިކަން ކުރާނެ ކަމަށް ތާލިބާނުން ވައުދުވިއެވެ.

ނަމަވެސް އޭގެ ފަހުން ހަނގުރާމަވެރި އިސްލާމީ ޖަމާއަތުން ދަނީ އެމީހުންނަށް ދީން މާނަކުރެވޭ ގޮތަށް، ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ތާލިބާނުގައި ހިންގަމުން ދިޔަ އެމެރިކާގެ ވެރިކަން މިދިޔަ އަހަރު ނިމުމަކަށް ގެނައުމާއެކު، އެ ޤައުމުގައި އާއްމުކޮށް ހިންގާ ކުށްތައް ވަރަށް މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

  1. ރަބަރޭ

    ތިޔައީ ދީނުގެ ނަމުގަައި ހައްދުފަހައަޅާފައިފާ އާލާތްވަރެއް

    • ޢަލީ

      ކޮން ހައްދެއް ފަހަނަ އެޅީ؟

  2. މީޑިޔާތަކުން ފަތުރާ ދޮގު ހަބަރު އަފުއާނިސްތާނުގެ އަގުވައްޓާލަން ﷲ އަފުއާނިސްތާނަށް ނަސްރާއި ކާމިޔާބު މިންވަރުކުރައްވާށި !