ވެރިކަމުގައި ހޭދަ ކުރެއްވި ދޮޅު އަހަރުގެ ތެރޭގައި މުލިއާގެ ތެރެއިން ރައްޔިތުންގެ މަޖިލީސް ހިންގެވީ، ރައީސް މުހައްމަދު ނަޝީދުކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ މަޖިލިސް ހިންގަނީ މުލިއާގެ ބަދިގެންއިން ތޯ ސުވާލުކޮށް ވައްޑޭ އާއްމު ކުރެއްވި ފޮޓޯއަކާ ގުޅިގެންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލިސް މުލިއާގެ ބަދިގެއިން ހިންގީ 2009 އިން ފެށިގެން 2012 އާއި ހަމައަށް ކަމަށެވެ. އަދި މިއީ އޭރުގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ކޮށްލުން ރަނގަޅުކޮށް ސުވާލެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނާހާ މަޖިލީހުގެ ޖަލްސާ ނިންމާލުމުން, އެ މަނިކުފާނުގެ ޝަކުވާ ހިފައިގެން މަޖިލީހުގެ ބައެއް މެންބަރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަޑައިގެންފައެވެ.
މިއާއެކު އެމްޑީޕީގެ އެތެރެ ހޫނުވެ، އެއް މެމްބަރަކު އަނެއް މެމްބަރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. މެމްބަރުން ގެންދަވަނީ ރައީސް ނަޝީދު މަޖިލީހުގައި މެމަބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވުމާއި ބަހުސްތަކަށް ހުރަސްއަޅުއްވާކަމުގެ ތުހުމަތު ކުރައްވަމުންނެވެ.
ރައީސް ޞާލިޙްގެ އަރިހަށް މެންބަރުން ވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އެކަމަށް މަލާމަތް ކުރައްވާފައެވެ. އަދި ވިދާޅުވީ، އެތަނަށް ވަޑައިގަތީ ގަރުދިޔާ ބަތާ ކާން ކަމަށް ވެދާނެ ކަމަށެވެ.
ރޮޒޭމޮޔަފުޅުވީތ ނުވަތ އެތިކޮޅުހުސްވީތޮ