Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އައިޑީ ކާޑު ފަރުމާ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވައިލައިފި

އައިޑީ ކާޑު ފަރުމާ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވައިލައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ފަރުމާ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިއްޔެ ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، މިހާރު ބޭނުންކުރާ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއެކު ސްމާޓް އައިޑީ ކާޑެއް ތަޢާރަފުކުރުމަށްޓަކައި ކުރެއްވި އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

އައިޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުއެވެ. ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 13:00 އެވެ.

Advertisement
Ooredoo — Square (box)

އައިޑީ ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް