ޚަބަރު ރައްޔިތުންގެ މަޖިލިސް

ދައުރު ނިމުމުގެ ކުރިން، ހުރިހައި ރައްޔިތުންނަކީ ތާހިރު ބަޔަކަށް ހައްދަވާނެ: ސަނީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި ދައުރު ނިމުމުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ދިވެހި ހުރިހާ ރައްޔިތުންނަކީ ތާހިރު ރައްޔިތުންކަމުގައި ހައްދަވައި ދެއްވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަނީފު ވިދާޅުވީ މި ސަރުކާރު އައިސް ފުރަތަމަ ކޮށްދޭންޖެހުނު ކަމަކީ ރައްޔިތުން ނަޖިހުން ތާހިރު ކޮށްދިނުން ކަމަށެވެ. އެގޮތުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މިއަދު މި ރާއްޖޭގައި ހިންގަމުންދާ އެންމެ ބޮޑު މަޝްރޫޢުއަކީ ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށާއި ރައީސް ޞާލިޙް ގެންދަވަނީ އެ ވަޢުދު ރަނުން ރަނަށް ފުއްދަވަމުން ކަމަށްވެސް ވިދާޅުވިއެވެ.

ސަނީފު ވިދާޅުވީ 180 ރަށުގެ ތެރެއިން 60 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރެވިފައި އޮތް ނަމަވެސް ބާކީ ހުރި ހުރިހާ ރަށްތަކަކީ އެ ނިޒާމު ޤާއިމުކުރެވިފައި ނެތް ރަށްރަށް ކަމަށެވެ.

އެ ބޭފުޅުން ނަޖިސް ފެނުން ތަޣައްޔަރުކަންމަތީ ތިބެގެން ވޭތުވެދިޔަ މުޅި ހަޔާތެއް ނިންމާލަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިވެރިކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހި ހުރިހާ ރައްޔިތުންނަކީ ތާހިރު ރައްޔިތުންކަމުގައި ހަދައިދޭނެ.

މި ޚިދުމަތަކީ އަސާސީ ޚިދުމަތެއް ނަމަވެސް މިކަމުން ފަށަން ޖެހުނީ ވޭތުވެދިޔަ ތަނުގައި މިފަދަ އަސާސީ ޚިދުމަތްތައް ގާއިމުކޮށްފައި ނެތީމައި ކަމަށާއި އެހެންނޫންނަމަ މި ސަރުކާރު އައިސް ފުރަތަމަ ވެސް ފަށާނީ ޢުމްރާނީ ބޮޑެތި މަޝްރޫޢުުތަކުން ކަމަށް ސަނީފު ވިދާޅުވިއެވެ.

Ads by Ooredoo
  1. ހިޔަލަ

    ތާހިރު ކުރިކުރީނުން ކަފުނެއްވެސް ނުލެވޭވަރު ކޮށްލާތި!!!

  2. ާަައަލިފުޅުބެ

    މިހާރުވެސް ހުރިހާރައްޔިތުން ތިބީ ސާފު ތާހިރުކޮށް.

  3. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް ފެންނަނީ !

  4. ރައްޔިތުމީހާ

    ވައްކަންކޮށްގެން ފޭރިގަނެގެން ވެރިކަމަށްއައިސް އެންމެފުރަތަމަ ތާހިރުވެ ތައުބާވަން ޖެހޭމީހުންތިބީ ސަރުކާރުގެ އެތެރޭގަ ބަގުޑިބައްދައިގެން