އޭޝިއާ ދުނިޔެ

އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޕާކިސްތާނަށްޓަކައި މަސައްކަތް ކުރާނަން: އިމްރާން

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު، އިމްރާން ޚާން އަވަހާރަކޮށްލުމަށް ދިން ބަޑީގެ ހަމަލާއަށް ފަހު، އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އެއްވުމުގައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޤައުމަށްޓަކައި މަސައްކަތް ކުރިޔަށް ގެންދަވާނެ ކަަމަށް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އެއްވުމަކީ އިމްރާން އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު އޭނާ ރައްޔިތުންނާ މުޚާތަބުކުރެއްވި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލީހުންވަނީ އިމްރާންގެ  އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަޤާމުން ބޭރުކޮށްފައެވެ. މި އަށްފަހު އިމްރާނަށް ހަމަލާ ދީފައިވަނީ ވަރަށް ބޮޑު ސިޔާސީ ހަލަބޮލުކަމެއްގެ ތެރޭގައި  ޕާކިސްތާނު ވަނިކޮށެވެ.

އިމްރާން ޚާނުގެ ތެހްރީކޭ އިންސާފު ޕާޓީއިން އަންނަނީ މި އަންނަ އަހަރުގެ އޮކްޓޯބަރުގައި މިހާރު އޮތް ސަރުކާރު ބަލި ކުރަން މަަސަައްކަތް ކުރަމުންނެވެ.

"އަހަރެންގެ ފުރާނައަށް ވުރެ އަހަރެން މާ ބިރުގަނޭ ޕާކިސްތާނުގެ މިނިވަންކަމާމެދު. އަހަރެންގެ އެންމެ ފަހު ނޭވަޔަށްދާންދެން ވެސް މި ޤައުމު ދިފާއު ކުރުމަށް  މަސައްކަތް ކުރާނަން." އިމްރާން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އޭނާ ވިދާޅުވީ އިސްލާމް އާބާދުގައި ބާއްވަން ރާވާފައިވާ އެއްވުންވެސް ނުބޭއްވުމަށް ނިންމެވީ، ޕާކިސްތާނުގެ ސުލްހަ މަސަލަސްކަން ޤާއިމުކުރުމުގެ ބޭނުމުގައި ކަމަށެވެ.

3 ނޮވެމްބަރުގައި އިމްރާން އަވަހާރަކޮށްލަން ދިން މި ހަމަލާ ކާމިޔާބު ނުވީ ވަޒަން އޭނާގެ ފަޔަށް އެރުމުންނެވެ. ހަމަލާއަށް ފަހު އޭނާއަށް ވަނީ ވަގުތުން ފަރުވާދޭން ގެންގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!