މީޑިއާ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއުުލާނުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިިޑޭޓުންގެ ނަންތައް ހޯމް މިނިސްޓްރީން އިއްޔެ އިއުލާނު ކުރައްވައިފިއެވެ.
މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި ޢާންމު ހަ މެންބަރުންގެ މައްޗަށެވެ.
ހޯމް މިނިސްޓްރީން އިއްޔެ ކުރެއްވި އިއުލާނުގައި ވިދާޅުވީ މީޑިއާތަކަށް ޚާއްސަ ހަތް ގޮނޑިއަށް 10 މީހަކު ކުރިމަތިލާފައިވާ ކަމަށާއި އަމިއްލަ މެންބަރުންގެ ހަ ގޮނޑިއަށް 12 މީހަކު ކުރިމަތިލައްވައިފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރު ކަމަށްވާއިރު ކައުންސިިލުގައި މިހާރު ތިބި މެންބަރުންގެ ދައުރު އަންނަަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
Ads by Allied Insurance