ހައްޔަރުކުރި މީހެއްގެ އަތުން ފޭރުނުކަމަށް ބުނާ ފުލުސް މީހާގެ މައްޗަށް ކުށް ސާބިތެއްނުވި

ހައްޔަރުކުރުމުގެ އިޖުރާޢަތާ ޚިލާފަށް ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށް ބުނެ އެ މީހާގެ އަތުން ފޭރުނުކަމަށް ބުނާ ފުލުސް މީހާގެ މައްޗަށް ކުރި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރައްވައިފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލީ ގދ.ފިޔޯރީ ކެކުރި އާސިމް ޙަބީބުގެ މައްޗަށެވެ.
ދަޢުވާގައިވަނީ 2019 ގައި އޭނާ ފުލުހެއްގެ ހައިސިއްޔަތުން ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރުމުގެ ތުހުމަތުު ކުރެވޭ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ފިިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހުން ހުއްޓުވައިި ބަލައި ފާސްކުރުމާއި، ހައްޔަރުކުރުމުގެ އިޖުރާޢަތާ ޚިލާފަށް އޭނާ އަތޮޅުވެއްސަށް ގެންގޮސް ބަންދުން ދޫކޮށްލާނީ 20000 ރުފިޔާ ދިނުމުން ކަމަށާއި ނޫނީ ބަންދުގައި ބަހައްޓާނެކަމަށް ބުނެ ބިރުދައްކައި 10000 ރުފިޔާ ފޭރިގަތް ކަމަށެވެ.
މި މައްސަލަ ނުނިމެނީސް ބިދޭސީ މީހާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެހެންވެ، އޭނާގެ ހެކިބަސް ނެގިފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރެއްވި ޙުކުމުގައިވަނީ ދެން ތިބި ހެކިންގެ ހެކިބަހުން ބިދޭސީ މީހާ އަތުން އާސިމް ފައިސާ ހޯދަން އުޅުނުކަން ނުވަތަ ހޯދިކަން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމުގައެވެ.