Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ސްކޭމް ކުރުމާއި ޓެރަރިޒަމުގެ ތުހުމަތުގައި ޖަލުގައި ހިންގި އޮޕަރޭޝަން ނިންމާލައިފި

ސްކޭމް ކުރުމާއި ޓެރަރިޒަމުގެ ތުހުމަތުގައި ޖަލުގައި ހިންގި އޮޕަރޭޝަން ނިންމާލައިފި

ކ.މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ކަރެކްޝަނަލް ސަރވިސް ގުޅިގެން ރޭ ފެއްޓެވި އޮޕަރޭޝަން ނިންމަވައިލައްވައިފިއެވެ.

ޖަލުގައި ކުއްލި ގޮތަކަށް އޮޕަރޭޝަނެއް ފެއްޓެވީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން ޖަލު ބަލައި ފާސްކޮށްދިނުމަށް ކަރެކްޝަނުން ފުލުހުންގެ ޚިދުމަތުގައި އެދިލެއްވުމުންނެވެ.

ކަރެކްޝަންގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން މިއަދު ވިދާޅުވީ ރޭގެ އޮޕަރޭޝަން މިހާރު ނިންމާލައިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނުގައި ކުރެވުނު މަސައްކަތްތަކާއި ހޯދުންތަކުގެ ތަފްސީލް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް