Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޕްރައިމަރީއަށް އިތުރު ފަރާތަކުން ކުރިމަތި ނުލުމުން، އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް

ޕްރައިމަރީއަށް އިތުރު ފަރާތަކުން ކުރިމަތި ނުލުމުން، އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އިތުރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެޕާޓިގެ 2023ގެ ރިޔާސީ ޓިކެޓް، ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމަށް ކަށަވަރު ވެއްޖެއެވެ.

އެމްއެންޕީގެ ތަރުޖަމާނު، ޝިދާތާ ޝަރީފު ވިދާޅުވީ މެންދުރު 2:00 ގައި މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ޕާޓީގެ ވަގުތީ ރައީސްކަމުގައި ހުންނެވި މެމްބަރު ނާޒިމް އެކަނި ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުއްވުމަށްފަހު ނާޒިމް ވިދާޅުވީ، އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއްކަމަށާއި، އާ ފުރިހަމަ ވިސްނުމެއްކަމަށެވެ.

Advertisement
HDC — Sidebar (box)

ރިޔާސީ އިންތިހާބަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް، އަދި އެމްޑީއޭ ހިމެނެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީއޭއިން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީއަކަށް ފަހުގައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް