ދައުރު ނިމޭއިރުވެސް ހިޔާނާތުގެ ފައިސާއެއް ނުހޯދޭ: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދައުރު ނިމޭއިރުވެސް ހިޔާނާތުގެ ފައިސާ ހޯދިފައިނުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވެންޓިލޭޓަރުގެ ހިޔާނާތަށް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާ އަށް ވީގޮތް ސާފުވާނެ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ދައުރު ނިމެނީ ކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. https://twitter.com/mohamednasheed/status/1606209000848076800?s=46&t=Gqc-YNhtX5196_oBG_QaGA އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވެނީ ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމު ހުށަހެޅުމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް ޞާލިޙްގެ ޖަގަހަ ޖަލްސާ ރޭގެ ވަގުތެއްގައި ވަނީ ބާއްވާފައެވެ.





ކޮމެންޓް