Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޔާމީނަށް ކުރި ޙުކުމަކީ ޚަރާމް ހުކުމެއް: އަދުރޭ

ރައީސް ޔާމީނަށް ކުރި ޙުކުމަކީ ޚަރާމް ހުކުމެއް: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވީ ޚަރާމް ޙުކުމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ޤަބޫލު ކުރުމާއި، މަނީ ލޯންޑަރ ކުރެއްވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅުއްވައިފައެވެ. އެ ކޯޓުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އެ ޙުކުމް ބަދަލުކޮށްފައިވަނީ އިންޑިއާ ބޭނުންވިގޮތައް ކަމަށެވެ. އަދުރޭ ވަނީ ރައީސް ޔާމީނަށް ތައީދު ކުރައްވާ ބޭފުޅުން މާޔޫސް ނުވުމަށް ދަންނަވާފައެވެ. ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވެވީ އިންސާފުން ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން، އެ ޙުކުމް ބަލައިނުގަންނާނެ ކަަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
“މީ އިންސާފްވެރި ހުކުމެއް ނޫން. މީ ނުހައްޤު ޙުކުމެއް. މީ ޚަރާމް ހުކުމެއް. މި ޙުކުމް ޕީޕީއެމް، ޕީއެންސީން ބަލައިނުގަންނާނެ” އަދުރޭ ވިދާޅުވިއެވެ.
ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ދެ ދަޢުވާގެ ޖަލު އަދަބަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ދައުލަތުން ޝަރީއަތުގައި މިއަދު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ޔާމީނަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް ވަނީ މިއަދު މެންދުރު 2އަށް ތާވަލު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް