Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް އޮފީހުން ޙުކުމްތައް ޑްރާފްޓް ކުރި ދުވަސް މާޒީވެއްޖެ: ސަޢުދު

ރައީސް އޮފީހުން ޙުކުމްތައް ޑްރާފްޓް ކުރި ދުވަސް މާޒީވެއްޖެ: ސަޢުދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙުކުމްތައް ޑްރާފްޓްކުރި ދުވަސް މާޒީވެއްޖެކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސަޢުދު މިހެން ވިދާޅުވެފައިވަނީ ވ.އާރަށު މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަަކަށް ޙުކުމް ތައްޔާރުކޮށްފައިވަނީ ރައީސް އޮފީހުންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ސަޢުދު ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވި ދުވަސްވަރު ''ކޯޓުތަކަށް އަތްބާނައި ކޯޓުތައް ހިޞާރުކުރިވަރުން'' އެ ހުންނެވީ ހުވަފެނީ ދުނިޔެއެއްގައި ކަމަށެވެ. އެ ގޮތުން އަދިވެސް ހީފުޅުކުރައްވަނީ ކޯޓުތަކުން ކުރައްވާ ޙުކުމްތަކަކީ ރައީސް އޮފީހުން ޑްރާފްޓް ކުރައްވަންޖެހޭ އެއްޗެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

ސަޢުދު ވިދާޅުވީ އެ ދުވަސް މާޒީވެ ބަދަލުވެއްޖެ ކަމަށާއި ޖުޑިޝަރީ މިނިވަންވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް