ޚަބަރު ސިޔާސީ

މަބްރޫކްގެ ތާއީދު ރައީސް ޞާލިޙަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްގެ ލީޑަރޝިޕްގައި ގެންގުޅުއްވާ ގޮތަކީ ޤައުމުގެ ހަމަޖަހެހުމާއި ދެމެހެއްޓެނެވި ތަރައްޤިއަށް މިވަގުތު އެންމެ ބޭނުންވާ ގޮތްކަމަށެވެ.

މި އަންނަ މަހު 28ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި ރައީސް ޞާލިޙް ވަނީ މި މަހުގެ 24ވަނަ ދުވަހު 20،000 މެންބަރުންނާއެކު ފޯމް ހުށަހަޅުއްވާފައެވެ.

ރައީސް ޞާލިޙާއެކު މި އިންތިޚާބުގައި ދެން ވާދަ ކުރައްވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދު ވެސް ވަނީ ތާއީދު ފޯމާއެކު، އިންތިޚާބުގައި ބައިވެރިވުމަށް ފޯމު ހުށަހަޅުއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!