Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއާ ވާދަކުރުމަކީ މިސަރުކާރަށް ހަޖަމް ކުރެވޭނެ ކަމެއް ނޫން: އަދުރޭ

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއާ ވާދަކުރުމަކީ މިސަރުކާރަށް ހަޖަމް ކުރެވޭނެ ކަމެއް ނޫން: އަދުރޭ

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުالله ޔާމީންއާ ވާދަކުރުމަކީ މިސަރުކާރަށް ހަޖަމް ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ކުރިއަށް ގެންދާ ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ރިޔާސީ އިންތިހާބުގައި ބައިވެރިނުކުރުމަށް ކަމަށާއި އަނިޔާވެރިވުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

“އެއްގޮތަކަށްވެސް މާޔޫސްވެވަޑައިނުގަންނަވާ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީން އަޅިގަނޑުމެންނާ ބައްދަލު ކުރައްވާނެ. ފަނޑިޔާރުންނަށަ ދަންނަވާލާނީ ކޮންމެ ފަނޑިޔާރަކުވެސް ހުކުމް ކުރެއްވުމުގައި އަދުލުވެރިކަމާއިއެކު ހުކުމް ކުރެއްވުމުގައި ދެމިހުންނެވުމަށް“ އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިއަދު ހިނގާލުންތައް ވަނީ ބާއްވާފައެވެ. މި ހިނގާލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރި ވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް