Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސް ޞާލިޙަށް ދޭނެ ވޯޓެއް ނެތް: ޝިޔާާން

ރައީސް ޞާލިޙަށް ދޭނެ ވޯޓެއް ނެތް: ޝިޔާާން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދެވޭވަރަށް ތޮއްޑޫ ދާއިރާގައި މަސައްކަތް ކުރެވިފައި ނުވާކަމަށާއި، އެމަނިކުފާނަށް ދޭނެ ވޯޓެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.

ޝިޔާާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ މިންވަރަށް ތޮއްޑޫ ދާއިރާފގެ ތަރައްޤީގެ ކަންކަން ހިންގިފައިނުވާކަމަށެވެ. އެހެންކަމުން ރައީސް ޞާލިހަށް ދޭނެ ވޯޓެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 28 ވަނަ ދުވަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެއެވެ. ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޞާލިޙާއި ރައީީސް ނަޝީދެވެ.

Advertisement
HDC — Sidebar (box)

ޝިޔާން ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝިީދު ފެކްޝަނުގައެވެ.

ޕްރައިމަރީއަށްފަހު ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު ނުލިބިއްޖެނަމަ އެއީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ޞާލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް