Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އިބުރޭގެ ރައްދު ރައީސް ނަޝީދަށް: އަރިސް ބޭފުޅުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ގަބޫލު ނުކުރަން

އިބުރޭގެ ރައްދު ރައީސް ނަޝީދަށް: އަރިސް ބޭފުޅުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ގަބޫލު ނުކުރަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވަކިކުރީ ޕާޓީން ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ހާމިދު ޕާޓީއިން ވަކިވީ އަމިއްލައަށް އެދިގެން ކަމަށެވެ.

އިބުރޭ ވިދާޅުވީ އޭނާ ޕާޓީން ކަނޑައިދިނުން ލަސްވާތީ ކުރީގެ އެސްޖީއަށް، ކުރީގެ ޗެއާޕާސަން ހަސަންލަތީފު ގުޅާފައިވާ ކަމަށެވެ. އަދި އިލެކްޝަނަށް ގުޅައިގެން އެކަން އަވަސްކޮށްދޭންވެސް އޮތީ އެދިފައި ކަމަށް އިބުރޭ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“އެހެންވީމަ ނޯންނާނެއެއްނޫންތޯ؟ އަމިއްލައަށް އެދިގެން ހާމިދު ޕާޓީން ވަކިވީ” އިބުރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އެމްޑީޕީއިން ވަކުކުރިކަމަށް އެމަނިކުފާނު ތުހުމަތުކުރައްވާފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި ބޭބެ ޑރ. އަހުމަދު ނާޝިދު ވަކިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް