Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ފުއްގިރި މައްސަލަ: ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ހެކީގެ ގޮތުގައި ހުށަހަޅަނީ

ފުއްގިރި މައްސަލަ: ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ހެކީގެ ގޮތުގައި ހުށަހަޅަނީ

ރ ފުއްގިރި މައްސަލާގައި އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި ދެކޮޅަށް ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް، އައު ހެކިތަކެއްގެ ގޮތުގައި ހުށަހެޅާނެމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ފުއްގިރި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވިދާޅުވީ ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ހުށަހަޅަން އެދިފައިވާނެކަމަށެވެ.

މީގެ އިތުރުން މިމައްސަލައިގައި ލިބިފައިވާ އެހެން ބައެއް ހެކިތައްވެސް ހުށަހެޅުމަށް ބޭނުންވާތީ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެކަމަށް ދައުލަތުގެ ފަރާތުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ ޕެންޑޯރާ ޕެޕާސް އިން ޝާއިއުކޮށްފައިވާ ލިޔުމުގައި ކުރިން ނުލިބޭ އިތުރު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ލިޔުންތައް ޝަރީއަތުން ބެލުމަށް ފަހު އެއާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޕެންޑޯރާ ޕޭޕާސްއާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް އަރުވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ހެކީގެ އިތުރު ފުރުސަތަކަށް އެދުމުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވެސް ވިދާޅުވީ ދައުލަތުގެ ހުށަހެޅުންތަކުގެ މައްޗަށް އިތުރު އައު ހެކި ހުށަހެޅުމުގެ ފުރުސަތު ދިފާއަށް ވެސް ދިނުމަށް އެދޭ ކަމަށެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް