ކަންކަމުގައި ސްލޯވުމަކީ އެމްޑީޕީ ދަންނަ ގޮތެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ދޫނޑިގަމުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަޝީދު ވިދާޅުވީ ފުވައްމުލަކު ރައްޔިތުން އެމްޑީޕީއަށާއި މި ސަރުކާރުން ނުދޭ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގައި އުޅެނީ “ސްލޯ” މީހުން ކަމަށް މީހުން ބުނަނީ ކެތްމަދުވާތީ ކަމަށެވެ.
“އަޅުގަނޑުމެން ލަހޭ, ސްލޯއޭ, މާމަޑުންނޭ, ފިނިހަކަ ދުވެއްޔޭ އެއީ މި ޕާޓީ ދަންނަ ގޮތެއް ނޫނޭ. އެ ވާހަކަތައް އަޑުއުފުލަމުން މި ގެންދަނީ ކެތްމަދުވާތީވެ. އެއްވެސް މީހެއް އިތުރަށް ހަގުވަމަކުން ނުދޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާއަށް ދެވަނަ ފުރުސަތެއް ދެވެން ނެތް އެންމެ ބޮޑު ސަބަބަކީ ޖީއެސްޓީ ބޮޑު ކުރުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި ރައީސް ނަޝީދުއެވެ.
ފާސްޓް ކޮށް މެކުހަށްޖަހާ! ހަމަ އެބާރުމިނުގަ ދިވެހި ހުރިހާ ރަެްޔިތުންވެގެން ތިބައިގަނޑު މިގައުމުގެ ބާރުވެރިކަމުން ބޭރުކުރާނަން.