Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައްޔިތުންނަށް އެންމެ ފަހިގޮތަކީ އެމްޑީޕީ ވެރިކަމުގައި ދެމިއޮތުން: ރައީސް ޞާލިޙް

ރައްޔިތުންނަށް އެންމެ ފަހިގޮތަކީ އެމްޑީޕީ ވެރިކަމުގައި ދެމިއޮތުން: ރައީސް ޞާލިޙް

ރައްޔިތުންނަށް އެންމެ ފަހިގޮތަކީ އެމްޑީޕީ ވެރިކަމުގައި ދެމިއޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނ. މިލަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި ކަންތައްތައް ފޯރުކޮށް ދިނުމަށްޓަކައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި ކުރެވިފައިހުރި ކަންތައްތަކާއި ކުރަން ހުރި ކަންތައްތައް ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށާއި ވެރިކަމުގައި ނެތްއިރު އުޅެން ޖެހުނު ހާލުވެސް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ފަހިގޮތަކީ އެމްޑީޕީ ވެރިކަމުގައި އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

“ވެރިކަމުގައި ނެތް އިރު އަޅުގަނޑުމެން ތިބެންޖެހުނު ހާލު. މަގުމަތީގައާއި އަނިޔާވެރިކަމާއި ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެންޖެހުނީ. ހަމައެކަނި މަގުމައްޗަކަށްނޫން، އެތައްބަޔަކު ޖަލަށްވެސް ދާންޖެހުނު. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ދެން އެދުވަސް އަންނާކަށް ނޭދޭނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.

"އެމްޑީޕީ ކުރިއަށް" ގެ ނަމުގައި ރައީސް ޞާލިޙް ކެމްޕޭން ކުރިއަށް ގެންދަވާ އިރު، ރ. އަތޮޅުތަކުގެ ބައެއް ރަށްރަށަށް ވަނީ ވަޑައިގެންފައެވެ. ރައީސް ޞާލިޙްއާ ދެން ވާދަކުރައްވާ ރައީސް ނަޝީދުވެސް ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް