Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ޞާލިޙްގެ ކެމްޕޭން ޖަގަހައެއް ހެންވޭރުގައި ހުޅުވައިފި

ރައީސް ޞާލިޙްގެ ކެމްޕޭން ޖަގަހައެއް ހެންވޭރުގައި ހުޅުވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް އާ ކެމްޕޭން ޖަގަހައެއް ހެންވޭރުގައި ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުވާފައިވަނީ އިބޫ ޖަގަހައިގެ ނަމުގައެވެ. ރައީސް ޞާލިޙް ވަނީ ހެންވޭރުގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުންގެ ގޭގެއަށްވެސް މިއަދު ޒިޔާރަތް ކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ގެންދަވަނީވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މިމަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރެއްވުމަށް ދެ ކެނޑިޑޭޓުންވެސް އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވެއެވެ.

ރައީސް ޞާލިޙްގެ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަވަޑައިގެންނެވީ ރ.އަތޮޅަށެވެ. ރައީސް ނަޝީދު ވަނީ އއ، އދ، ދ. އަދި ފ. އަތޮޅަށް ވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް