ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އެޑްމިޓް ކުރެއްވީ ތަހުލީލުތަކެއް ހެދުމުގެ ގޮތުންނެވެ. އެމްއާރްއެމްގެ ޒަޢީމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ހޮސްޕިޓަލުން ދޫކުރައްވައިފައެވެ.
ރައީސް މައުމޫންގެ އުމުރުފުޅުން މިހާރު 85 އަހަރު ވެފައިވާއިރު، އެމަނިކުފާނު 30 އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ 1978 ވަނަ އަހަރުން ފެށިގެން، 2008 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރައީސްކަން ކުރައްވައިފައެވެ. ރައީސް މައުމޫން ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވިއެވެ.