Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

މި ދައުރަކީ އައްޑޫ ސިޓީގައި އެންމެ ބިޔަ މަޝްރޫޢުތައް ފެށިގެންދާ ދައުރު: ރައީސް ޞާލިޙް

މި ދައުރަކީ އައްޑޫ ސިޓީގައި އެންމެ ބިޔަ މަޝްރޫޢުތައް ފެށިގެންދާ ދައުރު: ރައީސް ޞާލިޙް

މި ދައުރަކީ އައްޑޫ ސިޓީގައި އެންމެ ބިޔަ މަޝްރޫޢުތައް ފެށިގެންދާ ދައުރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އައްޑޫގެ ތަރައްގީއަށް ކަންކަން ކޮށްދިން ނަމަވެސް އެއީ ދެމެހެއްޓެނެވި ތަރައްގީއެއް ނޫން ކަމަށެވެ.

އަދި އެ މަނިކުފާނު ނުކުމެ ވަޑައިގެން އެ ހުންނެވީ އައްޑޫގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރައްވަން ކަމަށާއި އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

"އައްޑޫގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރީ ސިޓީގެ ރައްޔިތުން. އެއަކަށް އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެންނަން. އެ މެނިފެސްޓޯ އޮތް ގޮތަށް ތަންފީޒް ކުރަނީ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސިޓީގެ ތަރައްގީ ކުރުމަށްޓަކާ މިހާރު ބަނދަރު ހެދެމުންދާ ކަމަށާއި މަގުތަކާއި ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށާއި ދެން އެންމެ އަވަހަށް އައްޑޫއަށް ތަޢާރަފްވެގެންދާނީ ޓޫރިޒަމް ކަމަށް ރައީސް ޞާލިޙް ވިދާޅުބވިއެވެ.

އަދި ކިރިޔާ އައްޑޫގެ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ދެކެވޭވަރު މިވީ. އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްގީގެ ވާހަކަ ދައްކަން ފައްޓަންވާނީ ގައިން ތާހިރުވެ ތިބެގެންނޭ. އަދި ކިރިޔާ، އަދި ކިރިޔާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ކިރިޔާ ދައްކާލެވޭ ވަރުވީ" ރައީސް ވިދާޅުވިއެވެ.

އަދި އެސިޓީގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައިވަނީ އިޤްތިޞާދީ ކުރިއެރުންކަމަށާއި ބޮޑެތި ބަދަލުތައް އައްޑުއިން ފެންނާނެކަމަށް ރައީސް ވިދާޅުވިއެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް